އަޞްލު ލިޔުން
މި ޞަފުޙާތަކުގައިވާ ޓައިމްލައިން ނަކަލުކޮށްފައިވަނީ ތިރީގައިވާ ރިޕޯޓުންނެވެ. ފުރިހަމަ ރިޕޯޓު ޑައުންލޯޑް ކުރެއްވޭނެއެވެ.
ދެކުނު ގަޑުބަޑުގެ ޓައިމްލައިން (ރިޕޯޓު)PDF · 19 pages · 2.5 MBމި ޞަފުޙާތަކުގައިވާ ޓައިމްލައިން ނަކަލުކޮށްފައިވަނީ ތިރީގައިވާ ރިޕޯޓުންނެވެ. ފުރިހަމަ ރިޕޯޓު ޑައުންލޯޑް ކުރެއްވޭނެއެވެ.
ދެކުނު ގަޑުބަޑުގެ ޓައިމްލައިން (ރިޕޯޓު)PDF · 19 pages · 2.5 MBމި ލިޔުމުގެ މަޤްސަދަކީ އެއްވެސް ޙާލެއްގައި، ކުރިންވެދިޔަ ކަންކަމާއި ގުޅިގެން، ވަކި ބަޔަކާއިމެދު ނަފުރަތު އުފެއްދުމެއް ނޫނެވެ. ނުވަތަ ވަކި ބަޔަކު މޮޅުކުރަން ލިޔާ ވާހަކައެއްނޫނެވެ. މި ލިޔުމަކީ، އެތަކެއް ޒަމާންވީ ދިވެހި ތާރީޚު އާއި ބެހޭ، މުހިންމު މަޢުލޫމާތްތަކެއް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.
މި ލިޔުން ތައްޔާރުކުރުމަށްޓަކައި، ދިވެހި ސަރުކާރުގެ އިދާރާތަކުން ޝާޢިއުކޮށްފައިވާ ލިޔެކިޔުންތަކާއި، ވަކި އަމިއްލަ ފަރުދުން ލިޔެފައިވާ ލިޔުންތަކާއި، އެ ދުވަހުގެ ޙާދިސާގައި އުޅުނު ބައެއް ފަރާތްތަކުގެ ބަޔާންތަކާއި، 'ޝާހިދް ޢިޔާނުން' ގެ ބަޔާންތަކަށް ރިޢާޔަތްކޮށްފައިވާނެއެވެ. މި ލިޔުމުގައިވާ 'ޝާހިދް ޢިޔާނުން' ދެއްވި މަޢުލޫމާތަކީ އެކަމަށް ބުއްދި ސަލާމަތުން ހުރި، ޢަދުލުވެރިކަމާއި ހަނދާންކުރުމުގެ ބާރު ގަދަ (މަދުވެގެން) 2 ފަރާތަކުން، ބަޔާންކޮށްފައިވާ ވާހަކަތައް އެކަނިކަމުގައި ވެސް ދަންނަވަމެވެ.
މި ލިޔުމުގައި ބަޔާންކުރެވިފައިވާ ތާރީޚުތަކަކީ، ޙަވާލާ ދެވިފައިވާ ކިތާބީ ހެކިތަކާއި، އެތަކެއް 'ޝާހިދް ޢިޔާނުން'ގެ ހެކިތައް ދިރާސާކޮށް، އެންމެ ރަނގަޅުކަމަށް ހެކި ލިބިފައިވާ، އަދި އެ ތަރުތީބަކުން ތާރީޚުތަކާއި ޙާދިސާތައް އަތުރާލުމުން ލިބިގެން ތާރިޚުތަކުގެ ތަރުތީބެކެވެ.
މި ޙާދިސާއާއި ގުޅޭ އިތުރު ތަފްޞީލު އެކުލެވޭ ފުރިހަމަ ފޮތެއް، މަހަލް (މޯލްޑިވްސް އެސޯސިއޭޝަން ފޯރ ހިސްޓަރީ، އާރކިއޯލޮޖީ އެންޑް ލޭންގުއޭޖް) އިން، ވަރަށް ހަލުވިކަމާއެކު ލިޔަމުން ދާކަމުގައި ދަންނަވަމެވެ.
މި ޓައިމްލައިން ރިޕޯޓަކީ މަތީގައިވާ ފަރާތުގެ މަސައްކަތެވެ. ވެބްސައިޓުގެ އެހެން ބައިތަކުގައި ޝާޢިއުކުރެވޭ ލިޔުންތަކުގެ ޙައްޤު، އެ ލިޔުމެއް ލިޔުއްވި ފަރާތަށެވެ.
މި ވެބްސައިޓް ތައްޔާރުކުރެވިފައިވަނީ، ނަން ހާމަކުރަން ބޭނުންނުވާ ފަރާތެއްގެ އެހީތެރިކަމާއެކުގައެވެ. ވެބްސައިޓުގައި ޝާޢިއުކުރެވޭ ކޮންމެ ލިޔުމެއްގެ ޙައްޤު، އެ ލިޔުމެއް ލިޔުއްވި ފަރާތަށެވެ.
First person
މި ލިޔުމުގައި “އަޅުގަނޑު” ފަދަ ބަސްތައް ބޭނުންކޮށްފައިވަނީ، މި ރިޕޯޓު ދިރާސާކޮށް ލިޔުއްވީ އިބްރާހީމް ނާބިތު ޢަބްދުއްރަޙްމާން (ތުއްތު މަނިކު) ކަމަށްވާތީއެވެ. އަޞްލު ލިޔުމުގައިވާ ގޮތަށް ބެހެއްޓުމަށްޓަކައި، އެ ބަސްތައް ބަދަލުކޮށްފައި ނުވެއެވެ.